ޕްރިޔަންކާ އާއި އާއި ނިކް ޖޯނަސްގެ އެންގޭޖްމަންޓް ވަނީ އިންޑިއަން ޓްރެޑިޝަނަލްކޮށް އޮގަސްޓް 18 ވަނަ ދުވަހު ބާއްވާފައެވެ.
މި ދެބައިވެރިންގެ ކައިވެނި ނޮވެމްބަރު މަހު ކުރާގޮތަށް ކުރިން އޮތް ނަމަވެސް ޖެނުއަރީއަށް ކައިވެނި ލަސްވެފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި ދުވަސްކޮޅެއް ކުރިން ޕްރިޔަންކާ އާއި ނިކް ވަނީ ޖޯދްޕޫރު އަށް ޒިޔާރަތް ކޮށްފައެވެ. އަޑު އިވޭގޮތުގައި ދެބައިވެރިންވެސް ދަނީ އިންޑިއަން ކައިވެންޏަކަށް ތައްޔާރުވަމުންނެވެ.
މީގެ އިތުރުން ހަބަރު ފެރުތިފައިވާ ގޮތުގައި ޕްރިޔަންކާގެ ވެޑިން ޑްރެސް ޑިޒައިން ކުރާނީ އިންޑިއާގެ މަޝްހޫރު ސްލެބްރިޓީ ފެޝަން ޑިޒައިނަރ އަދި ޕްރިޔަންކާގެ ވެސް ގާތް ރައްޓެއްސެއް ކަމަށްވާ މަނީޝް މަލޯތްރާ ކަމަށެވެ. ޕްރިޔަންކާއާ ވަނީ އޭނާގެ ވެޑިން ޑްރެސް އާއި ބެހޭގޮތުން ސުވާލުކޮށްފައެވެ. މާބޮޑު ޑީޓެއިލްތަކެއް އެކަމާގުޅިގެން ނުދިންކަމުގައި ވިއަސް ޕްރިޔަންކާ ބުނި ގޮތުގައި ހެދުން "ކިއުޓް އެންޑް ކޮމްފޯރޓަބަލް" ވާނެ އެވެ.
މިއިން އެއްވެސް ކަމެއް ދެފަރާތުންވެސް ޔަގީންކޮށްދީފައި ނުވާއިރު ޑިޒައިނަރު އަބޫ ޖާނީ އަދި ސަންދީޕް ކޯޝްލާ އާ ވެސް ޕްރިޔަންކާ ޕްރީ-ވެޑިން އިވެންޓްސް ތަކުގައި ލާނެ ހެދުންތައް ޑިޒައިން ކުރުމަށް ބައްދަލުކޮށްފައިވާ ކަމަށް ވަނީ ހަބަރު ފެތުރިފައެވެ.
ޕްރިޔަންކާ ވަނީ މަނީޝް މަލޯތްރާ ޑިޒައިންކޮށްފައިވާ ސާރީއެއް އިޝާ އަމްބާނީގެ އެންގޭޖްމަންޓަށް ލާފައެވެ.