ޕޮލިސް

ބަނގުރާ ފުޅިތަކެއް އަރުވައިގެން ދަތުރުކުރި ޓެކްސީއެއް ހުއްޓުވުމުން ޑްރައިވަރު ފިލައިފި

ރޭ މެންދަމު ހުޅުމާލޭގައި ބަނގުރާ ފުޅިތަކެއް އަރުވައިގެން ދަތުރުކުރި ޓެކްސީއެއް ހުއްޓުވުމުން ޑްރައިވަރު ފިލައިފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 3:52 ހާއިރު ފުލުހުން ހުޅުމާލެ ތެރެ ޕެޓްރޯލްކުރަމުން ދަނިކޮށް ހުޅުމާލޭ ފިއުލްސަޕްލައި މޯލްޑިވްސް ޝެޑް ކައިރިން ޑިންގީއެއްގައި ގެނެސް ބޭލި ފޮށިތަކެއް ޓެކްސީއަކަށް އަރުވައިގެން ދަނިކޮށް، ހުޅުމާލޭ ސިވިލް ކޯޓު ކައިރިން ފުލުހުން ހިފަހައްޓައި ޗެކްކުރިއިރު 60 ފުޅި ބަނގުރާ ފެނިފައިވާކަމަށެވެ.

އެވަގުތު ޓެކްސީގައި ތިބި ދެ މީހުންގެ ތެރެއިން ޑްރައިވަރު ފިލާފައިވާ ކަމަށާއި 39 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.