ވިޔަފާރި

އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި އޮފީސްތަކަށް ހާއްސަކޮށްގެން ބާއްވާ އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

އުރީދޫއިން ބުނީ ނޭޝަން އިންޓަ އޮފީސް މުބާރާތަކީ ރާއްޖޭގައި އުފެދިފައިވާ އީސްޕޯޓްސް ކޮމިއުނިޓީއަށް ހިތްވަރުދީ އެ ކޮމިއުނިޓީ ކުރިއެރުވުމަށް އުރީދޫން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ. އެ މުބާރާތަކީ އޮފީސްތަކުގެ މުވައްޒަފުންގެ ގޭމިން ހުނަރު ދައްކާލައި، ޓީމްވޯކް އިތުރުކޮށް، އެކުވެރިކަން އުފެއްދުމަށް ރަނގަޅު މުބާރާތެއް ކަމަށް އުރީދޫން ބުންޏެވެ.

އެ މުބާރާތުގައި ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ޓީމުތަކަށް އަންނަ މަހުގެ ކުރިން ރަޖިސްޓްރީ ކުރެވެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.

އެ މުބާރާތުގައި މަގުބޫލު ތިން ގޭމެއް ކަމަށްވާ އީއޭއެފްސީ24، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޮބައިލްގައި ހިމެނޭ ކަމަށާއި މުބާރަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރެއްގައި ކަމަށް އުރީދޫން ބުންޏެވެ. އަދި އެ މުބާރަތް ލައިވްކޮށް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އެފްސީ24

ފުޓްބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޭ ސްޕޯޓްސްގެ އެންމެ ފަހުގެ ފުޓްބޯޅަ ސިމިއުލޭޝަން ގޭމް އެފްސީ24 ގައި ހުނަރު ސާބިތުކޮށްދިނުމުގެ ފުރުސަތުލިބިގެންދާނެއެވެ. ރިއަލިސްޓިކް ގޭމްޕްލޭ އާއި ވާދަވެރި ފީޗާތަކާ އެކު ބައިވެރިންނަށް ވާޗުއަލް ފުޓްބޯޅައިގެ ހުނަރު ދައްކާލުމަށް މިއީ ފުރިހަމަ މުބާރާތެއް ކަމަށް އުރީދޫން ބުންޏެވެ.

މި މުބާރާތަށް 20،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ހިމެނޭ އިރު، އެއް ވަނައަށް 10،000 ރުފިޔާ، ދެވަނަ އަށް 6000 ރުފިޔާ އަދި ތިން ވަނައަށް 4000 ރުފިޔާ ލިބޭނެއެވެ. http://ore.do/eafcoffice ރަޖިސްޓްރީ ކުރެވޭނެއެވެ.

މޮބައިލް ލެޖެންޑްސް؛ ބޭންގް ބޭންގް (އެމްއެލްބީބީ)

މަޝްހޫރު މޮބައިލް މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމް، އެމްއެލްބީބީގައި ޓީމްތަކުން ހަނގުރާމަތަކުގައި ބައިވެރިވާނެއެވެ. ޓީމުތައް މޮޅުވުމަށް ވާދަކުރާ އިރު ސްޓްރެޓެޖީ، ކޯޑިނޭޝަން އަދި ކުއިކް ރިފްލެކްސް މުހިންމުވާނެ ކަމަށް އުރީދޫން ބުނެއެވެ. މި މުބާރާތުގެ ޖުމްލަ ޕްރައިޒްޕޫލަކީ 10،000 ރުފިޔާ އެވެ.

މި މުބާރާތަށް 10،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ހިމެނޭ އިރު، އެއް ވަނައަށް 4000 ރުފިޔާ، ދެވަނަ އަށް 3000 ރުފިޔާ، ތިން ވަނައަށް 2000 ރުފިޔާ، އަދި ހަތަރުވަނަ އަށް 1000 ރުފިޔާ ލިބޭނެއެވެ. http://ore.do/mlbboffice ރަޖިސްޓްރީ ކުރެވޭނެއެވެ.

ޕަބްޖީ މޮބައިލް

ބެޓްލް ރޯޔަލް އެރީނާއަކަށް ކުޅުންތެރިން ޕެރަޝޫޓް ކުރާއިރު، އެ ތަނުގައި ވާދަވެރިން ފަހަތަށް ޖައްސާލަން ޖެހެނީ ޗިކަން ޑިނާ ހޯދުމަށެވެ. ޕަބްޖީ މޮބައިލްގެ ހަލުވި އެކްޝަން އަދި ޓެކްޓިކަލް ގޭމްޕްލޭގެ ސަބަބުން ބައިވެރިން ވިސްނައިގެން ކުޅެގެން ނޫނީ މޮޅުވުމުގެ ފުރުސަތު ގެއްލިދާނެ ކަމަށް އުރީދޫން ބުނެއެވެ.

މި މުބާރާތަށް 20،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ހިމެނޭ އިރު، އެއް ވަނައަށް 8000 ރުފިޔާ، ދެވަނަ އަށް 5000 ރުފިޔާ، ތިން ވަނައަށް 3000 ރުފިޔާ، ހަތަރުވަނަ އަށް 2000 ރުފިޔާ، ފަސް ވަނަ 1000 ރުފިޔާ އަދި އެމްވީޕީއަށް 1000 ރުފިޔާ ލިބޭނެއެވެ. http://ore.do/pubgmoffice ރަޖިސްޓްރީ ކުރެވޭނެއެވެ.