ބޮލީވުޑްގެ ބާދްޝާހް، ޝާޚް ރުޚް ޚާން އެންމެ ފަހުން ކުޅުނު ފިލްމު ޒީރޯ ވެގެން ގޮސްފައިވަނީ ފްލޮޕަކަށެވެ. އޭގެ ފަހުން އަދި މިހާތަނަށް ޝާހު އެހެން ފިލްމެއް ކުޅުމަށް ސޮއި ކޮށްފައި ނުވާއިރު އެކި ފިލްމުތަކާ ޝާހުއާ ގުޅުވައިގެން ގިނަ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ.
އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި އަމީތާބް ކުޅެފައިވާ އައިކޮނިކް ފިލްމު "ސައްތޭ ޕޭ ސައްތާ"ގެ ރީމޭކެއް ހެދުމަށް ނިންމާފައިވާއިރު އެ ފިލްމުގައި ބަތަލުގެ ބައިން ފެނިގެން ދާނީ ޝާހު އެވެ. އޮރިޖިނަލް ފިލްމުން ލީޑް ބަތަލާގެ ރޯލުން ފެނިގެންދާ ހެމާ މާލިނީގެ ރޯލުން ރީމޭކުގައި ފެނިގެން ދާނީ ކެޓްރީނާ ކައިފް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ފިލްމު ޑައިރެކްޓު ކުރާނީ ރޯހިތް ޝެޓީ އަދި ފަރާ ޚާން ކުންދަން އެވެ. ފިލްމާ ބެހޭ އިތުރު ތަފްސީލުތަކެއް ލިބިފައި ނުވާއިރު މިފިލްމު ހަދާކަން ރަސްމީކޮށް އަދި އިއުލާންކޮށްފައެއްވެސް ނުވެއެވެ.
ކެޓްރީނާ އެންމެ އަވަހަށް ފެނިގެން ދާނީ ޖޫން ފަހެއްގައި ރިލީސްކުރާ ފިލްމު ބާރަތް އިންނެވެ. އެ ފިލްމުގައި ކެޓްރީނާ އާއެކު ފެނިގެން ދާނީ ސަލްމާން ޚާންއެވެ.