މެލޭޝިޔާ

''ދަ މޯލްޑިވިއަން ފިޝް މާކެޓް" ނަމުގައި މެލޭޝިއާގައި ފިހާރައެއް ހުޅުވައިފި

ދަ މޯލްޑިވިއަން ފިޝް މާކެޓް" ނަމުގައި މެލޭޝިއާގައި މަސް ފިހާރައެއް ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުވާއިފައިވަނީ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ، އަބްދުލް ހަމީދު އަބްދުލްޣަފޫރު އާއްމު ބަހުންނަމަ (އައްޑޯ) އާއި އިތުރު ހިއްސާދާރުން ތަކެއް ހިމެނޭ އޯލް އެޗް މޯލްޑިވްސް ކުންފުނިންނެވެ.

މި ފިހާރަ ހުޅުވާފައިވަނީ ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ މެލޭޝިއާގެ ޝުބަންގް ޖާޔާ ސެލެންގޯގަ އެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އައްޑޯ ވިދާޅުވެފައިވަނީ އެފިހާރައިން ލިބެން ހުންނާނީ ދިވެހި ކުންފުނިތަކުން ތައްޔާރުކުރާ ދިވެހި އުފެއްދުންތައް ކަމަށެވެ.

މެލޭޝިޔާއަކީ ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ގައުމެކެވެ.