އިބްރާހިމް ޒަކީ
ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްގެން ވައިގެމަގުން އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމީހާ އިއްޔެ ހައްޔަރުކުރީ، ވައިގެ މަގުން އައްޑޫ ސިޓީއަށް ދަތުރުކުރަމުންދާ މީހަކު ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ 16:15 ހާއިރު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ކަމަށެވެ.
ފުލުހުން ބުނީ އެއާޕޯޓުން އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކޯޓު އަމުރެއްގެ ދަށުން އެ މީހާގެ ހަށިގަނޑު އެކްސްރޭ ނަގައި ބެލިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެދަޅު ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ މީހެކެވެ.