މައިންގެ ދުވަސް ފާހަގަ ކުރުމަށް އިންޑިއާގެ މަޝްހޫރު ބަތަލާ ޖޫހީ ޕަރްމާރް (ކުމްކުމް) ރާއްޖެ އަތުވެއްޖެއެވެ.
ޖޫހީ ރާއްޖެ އައިސްފައިވަނީ ދަރިފުޅު ސަމައިރާ އާއި މަންމައާއި އެކުގައެވެ.
ޖޫހީ ބުނެފައިވަނީ އޭނާ އާއި ސަމައިރާ އަށް މައިންގެ ދުވަހަކީ ހާއްސަ ދުވަހެއް ކަމަށާއި މިދުވަސް ހާއްސަދުވަހެއްގެ ގޮތުގައި އޭނާގެ މަންމައާ އެކީ ފާހަގަ ކުރަން ބޭނުންވީ ކަމަށެވެ. އަދި ޗުއްޓީވެސް ނަގާފައިވަނީ މައިންގެ ދުވަހާ ގުޅޭނެ ގޮތަށް ކަމަށް އޭނާވަނީ ބުނެފައެވެ. ސަބަބެއް ކަމުގައި ޖޫހީ ބުނެފައިވަނީ މި ހާއްސަ ދުވަސް މުޅި ޗުއްޓީގައި ފާހަގަކުރުމަށް އާއިލާއިން ނިންމާފައިވާތީ ކަމަށެވެ.
ޖޫހީ ވަނީ ދަރިފުޅު ސަމައިރާއާ އެކީ ރާއްޖޭގެ ހިތްގައިމު މާހައުލުގައި ނަގާފައިވާ ފޮޓޯ އާއި ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ނިންމީ ސަމައިރާ އަބަދުވެސް މޫދާއި ކައިރިތަންތަނަށް ދާން ބޭނުންވާތީކަމަށް ޖޫހީ ވަނީ ބުނެފައެވެ. ޖުހީ އިތުރަށް ބުނީ އޭނާ މީގެ 15 އަހަރު ކުރިންވެސް ރާއްޖެއަށް ދަތުރުކުރިކަމަށާއި މިހާރު ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އަދި މި ޗުއްޓީގައި އާއިލާއާ އެކީ އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް އުއްމީދު ކުރާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.