ސައިފް އަލީ ޚާން އަދި ކަރީނާ ކަޕޫރު ޚާންގެ ދަރި ޓައިމުރް އަލީ ޚާން އޭނާއާ ދެބޭންގެދެދަރި އިނާޔާ ނައުމީ ކެއްމުއަށް ވަރަށް ކެއާކުރާ ކަމަށް އިނާޔާގެ މަންމަ އަދި ސައިފްގެ ކޮއްކޮ ސޯހާ އަލީ ޚާން ބުނެފިއެވެ.
އިނާޔާ އާއި ޓައިމުރްގެ ގުޅުމާ ބެހޭގޮތުން ސޯހާއަށް ސުވާލު ކުރުމުން އޭނާ ބުނި ގޮތުގައި ދެކުދިންވެސް އަދި ވަރަށް ކުޑަ ކަމުގައެވެ. ބައެއް ފަހަރު އެކީގައި ކުޅެ ހަދާކަމަށާއި ބައެއް ފަހަރު ތިބޭހެން ހީވެސް ނުވާހެންނެވެ. ނަމަވެސް ޓައިމުރް އިނާޔާއަށް ވަރަށް ކެއާ ކުރާކަން ފާހަގަވާކަމަށް ސޯހާ ބުންޏެވެ.
އެއްފަހަރަކު އިނާޔާ ވަނީ ޓައިމުރްގެ އިސްތަށިގަނޑަށް ދެތިން ފަހަރަކު ދަމާފައިކަމަށާއި ނަމަވެސް ޓައިމުރް ރައްދުގައި އެއްވެސް އެއްޗެއްވެސް ނުބުނެ އެއްވެސް ކަމެއްވެސް ނުކުރާކަމަށް ސޯހާ ބުންޏެވެ. ސޯހާ އިތުރަށް ބުނި ގޮތުގައި ޓައިމުރަށްވެސް މިއީ އާއިލާކަން އެނގޭ ކަމަށާއި އެހެންވެ ކޮއްކޮ ކުރާ ކުދި ގޯނާތަކަށް ކެތްކުރަނީއެވެ. ދެކުދިންވެސް އެކަކު އަނެކަކު ކިބައިން އަދިވެސް ކަންކަން ދަސްކުރަނީ ކަމަށް ސޯހާ ފާހަގަކުރިއެވެ.
އިނާޔާ އަކީވެސް ބޭބެ ޓައިމުރްގޮތަށް މިހާރުވެސް މީސްމީޑިއާގައި މަގްބޫލުކަން ހޯދާފައިވާ ސްޓާ ކިޑްއެކެވެ. އިނާޔާ ޓައިމުރްއާއެކު ކުރާ އެކި ކަންކަމާއި، އޭނާގެ އެހެނިގެން ފޮޓޯތަކަކީވެސް ގިނަ ފޭނުން އެއަށް އިންތިޒާރު ކުރާ ފޮޓޯއެވެ. އިނާޔާގެ ފަހަތުގައިވެސް ޕަޕަރާޒީ އޮވެއެވެ.
އިނާޔާގެ އެންމެ ފަހުން އާންމުވި ފޮޓޯ އަކީ އޭނާގެ ބައްޕަ ބަތަލު ކުނާލް ކެއްމޫ ލާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯގައި އިނާޔާއާއެކު މަންމަ ސޯހާ އަދި ކުނާލް ފެނިގެން ދަނީ ލިޕްޓަކުންނެވެ. ފޮޓޯގެ ކެޕްޝަނުގައި އެންމެ ފަހުން އިނާޔާ ފޮޓޯއަކަށް ހިނުތުންވި ކަމަށް ކުނާލް ވަނީ ލިޔެފައެވެ.