ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ ގާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ދާދި ދެންމެ ބާތިލުކޮށްފި އެވެ.
ގާސިމްގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު އެވެ. ގާސިމް ގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށެވެ.
އެ ޝަރީއަތް ކުރިއަށްގެންގޮސްފައިވަނީ ގާސިމް ހޮސްޓަލުގައި އެޑްމިޓްކޮށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ޣައިރު ހާޒިރުގައެވެ.