ވިޔަފާރި

އުރީދޫ "ފަން ރަން" އަށް ލާމަށް ދާ މީހުންނަށް މޯލްޑިވިއަންގެ ހާއްސަ އަގުތަކެއް

މޯލްޑިވިއަންއިން އުރީދޫގެ "އުރީދޫ ފަން ރަން" ގައި ބައިވެރިވާ މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް ހުޅުވާލައިފި އެވެ.

މޯލްޑިވިއަންއަކީ "އުރީދޫ ފަން ރަން" ގެ ޓްރެވަލް ޕާޓްނަރެވެ.

މޯލްޑިވިއަނުން މިއަދު ބުނީ އެ ޕްރޮމޯޝަނުގެ ދަށުން ދަށުން ލާމު އަތޮޅުގައި ބާއްވާ "އުރީދޫ ފަން ރަން"ގައި ރަޖިސްޓްރީވެފައިވާ ބައިވެރިންނަށް މާލެއިން ކައްދޫއަށް ދެކޮޅު ޓިކެޓު 2،488 ރުފިޔާއަށް ލިބޭނެ ކަމަށެވެ.

މާލެއިން ކައްދޫއަށް މޯލްޑިވިއަނުން ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓު އަގަކީ 1،454 ރުފިޔާ އެވެ. ޕްރޮމޯޝަންގެ ދަށުން ބައިވެރިންނަށް ކޮޅަކަށް 250 ރުފިޔާގެ ޑިސްކައުންޓެއް ލިބިގެންދާނެ އެވެ.

"އުރީދޫ ފަން ރަން" ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ ފަސްވަނަ ދުވަހެވެ.

މޯލްޑިވިއަނުން ބުނީ "އުރީދޫ ފަން ރަން"ގައި ރެޖިސްޓަރީ ކޮށްފައިވާ މީހުން އޯޑަރު އައިޑީ ކާޑުގެ ކޮޕީއެއް "އުރީދޫ ފަން ރަން ލާމު" ޖެހުމަށްފަހު [email protected] މެއިލް ކުރަންވާނެ ކަމަށެވެ. އެއިރުން ޕްރޮމޯޝަންގެ ދަށުން ޓިކެޓް ލިބެން ހުންނާނެ ކަމަށެވެ.

ޕްރޮމޯޝަންގެ ދަށުން މޯލްޑިވިއަނުން ދަތުކުރާނެ ދުވަސްތައް

  • މާލެއިން ކައްދޫއަށް / ޖުލައި މަހުގެ 4 އަދި 5 ގައި
  • ކައްުދޫން އިން މާލެއަށް / ޖުލައި މަހުގެ 6 އަދި 7 ގައި