އިލެކްޝަންސް ކޮމިޝަން

ރައީސް މައުމޫނު ޕީޕީއެމުން ވަކިކުރީ ރަނގަޅަށްތޯ އިލެކްޝަނުން ބަލަން ފަށައިފި

1

ޕީޕީއެމްގެ އިންތިޚާބީ ރައީސް، ރައީސް މައުމޫނު އެ ޕާޓީން ވަކި ކުރީ ރަނގަޅަށް ތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިޔަށް ގެންދާ ނޫސްވެރީންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ޕީޕީއެމުން ރައީސް މައުމޫނު ވަކިކުރި މައްސަލަ، އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައި ވާތީ އެކަން ބައްލަވަމުން ގެންދަވާ ކަމަށެވެ.

"ރައީސް މައުމޫނު ވަނީ އެމައްސަލަ ހުށަހަޅުއްވާފައި. އަޅުގަނޑުމެން ވާނީ އެކަން ހިނގާފައި ވަނީ އެޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތަށް ހުރިހާ އިޖުރާއަތްތައް ފުރިހަމަ ވެގެންތޯ ބެލުމަށް އިލެކްޝަންސްގެ ގާނޫނީ ޓީމާ ހަވާލުކޮށްފައި،" ޝަރީފު ވިދާޅުވި އެވެ.

އިލެކްޝަންސް އިން އިއްޔެ ވަނީ ޕީޕީއެމްގެ 75000 ރުފިޔާ އިން ޖޫރިމަނާ ކޮށް، އެޕާޓީން އެދުނަސް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ޕާޓީގެ ދަފްތަރުން ވަކިވެސް ނުކޮށްދޭން ނިންމައިފަ އެވެ. އިލެކްޝަނުން ބުނީ އެގޮތަށް ނިންމީ ޕާޓީގެ ލީޑަޝިޕާ ގުޅޭ މައްސަލަ މިހާރު ސިވިލް ކޯޓުގައި ހިގަމުންދާތީ އެ ކޯޓުން ވަކި ގޮތެެއް ނިންމަންދެން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟