ޕޮލިސް

ރިސޯޓުގެ މަސްލަހަތު ގެއްލޭގޮތަށް އޮޅުވެލި ރިސޯޓުގައި ބިދޭސީންތަކެއް ހަޅުތާލުކުރަނީ

1

ރިސޯޓުގެ މަސްލަހަތު ގެއްލޭގޮތަށް ކ. އޮޅުވެލި ރިސޯޓުގައި ބިދޭސީންތަކެއް ހަޅުތާލުކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ތާރޑް ޕާޓީ ކޮންޓްރެކްޓެއްގައި މަސައްކަތްކުރަމުންދާ ބިދޭސީންތަކަކަށް މުސާރަ ނުދީގެން ރިސޯޓުގެ މަސްލަހަތު ގެއްލޭގޮތަށް އޮޅުވެލި ރިސޯޓުގައި ހަޅުތާލުކުރަމުންދާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

އެ ހަޅުތާލުގައި ގާތްގަނޑަކަށް 50 އަށްވުރެ ގިނަ ބިދޭސީން ހަރަކާތްތެރިވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ދަނޑިބުރިއާއި ލަކުޑި ބުރި ފަދަ ތަކެތި ހިފައިގެން އެމީހުން މަސައްކަތް ކުރަމުންދަނީ ގެސްޓް އޭރިއާއަށް އެރުމަށް ކަމަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މިހާރު ފުލުހުން އެ ރިސޯޓަށް ދިއުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟