ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް އޮޑިޓް ރިޕޯޓް ހުށަހަޅައިފިއެވެ. ޕީޕީއެމުން އޮޑިޓް ރިޕޯޓު ހުށަހެޅީ އިއްޔެގެ ވަގުތެއްގަ އެވެ.
ޕީޕީއެމުން އޮޑިޓް ރިޕޯޓް ހުށަހަޅައިފައިވާކަން އެޕާޓީގެ ނައިބު ރައީސް އަދި ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ޝިޔާމް ވަނީ ވަންއޮންލައިނަށް ކަށަވަރުކޮށްދެއްވައިފައެވެ. ގާނޫނުގައި ބުނާ ގޮތުން މީލާދީ އަހަރު ނިމޭތާ ގިނަވެގެން 90 ދުވަސް ތެރޭގައި އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭނެއެވެ. އެ މުއްދަތު ގުނަނީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ. އެ މުއްދަތު މިއަދަށް ހަމަވާނެވެއެވެ.
އިލެކްޝަނުން މިހަފުތާތެރޭގައި ބުނެފައިވަނީ އޮޑިޓް ރިޕޯޓް ހުށަނާޅައި ތިން ޕާޓީއެއް އެބައޮތް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް "ވަން އޮންލައިން"އަށް ވިދާޅުވީ އިއްޔެގެ ނިޔަލަށް އޮޑިޓް ރިޕޯޓް ހުށަނާޅައި ދެން އޮތީ އަދާލަތު ޕާޓީއާއި ޑީއާރުޕީއެވެ. އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ، ޕީޕީއެމް އަދި އެމްޑީއޭ އިން ވަނީ ރިޕޯޓް ކުރީން ހުށަހަޅައިފައެވެ.