ހާއްސަ ޑިސްކައުންޓް ތަކަކާއެކު އެމްޓީސީސީން ''ސުޒުކީ ރޯދަ ޕްރޮމޯ 2019'' ފަށައިފި އެވެ.
މިމަހު ދެވަނަ ދުވަހު ފެށި މި ޕްރޮމޯޝަން އަންނަ ޖޫންމަހުގެ 12ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސައިފައެވެ. މި ޕްރޮމޯޝަންގެ ދަށުން އެމްޓީސީސީން ވިއްކާ ސުޒުކީ އައުޓްބޯޑް އިންޖީންގ 9.9 ހޯސްޕަވަރ، 15 ހޯސްޕަވަރ، 20 ހޯސްޕަވަރ، 25 ހޯސްޕަވަރ، 30 ހޯސްޕަވަރ، 40 ހޯސްޕަވަރ، 90 ހޯސްޕަވަރ، 115 ހޯސްޕަވަރ އަދި 150 ހޯސްޕަވަރގެ އިންޖީނުތަކަށް ހާއްސަ ޑިސްކައުންޓު ތަކެއް ލިބޭނެއެވެ.
އެގޮތުން ''ސުޒުކީ ރޯދަ ޕްރޮމޯ 2019''ގެ ދަށުން %5 އާއި %15 އާއި ދެމެދުގެ އަދަދަކަށް ޑިސްކައުންޓު ލިބޭނެއެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.