މުނިފޫހިފިލުވުން

އެމްޓީވީ ތަރި ދިވްޔާ އަގަރްވާލް އާއި ވަރުން ސޫދް ޗުއްޓީހޭދަކުރުމަށް ރާއްޖޭގައި

އެމްޓީވީ ތަރި ދިވްޔާ އަގަރްވާލް އާއި ވަރުން ސޫދް ރާއްޖޭގެ ހިތްގައިމު މާހައުލުގައި ޗުއްޓީހޭދަކުރަމުން އެބަދެއެވެ.

މިދެތަރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ރާއްޖޭގެ މަޝްހޫރު ރިޒޯޓު ހުރަވަޅީގައެވެ.

ދިވްޔާ އަދި ވަރުން ވެސް ވަނީ އިންސްޓަގްރާމްގައި ރާއްޖޭގެ ރީތި މަންޒަރުތައް ހިއްސާ ކޮށްފައެވެ. ހާއްސަކޮށް ހުރަވަޅީގައި ހުންނަ ކަނޑުއަޑީގެ ރެސްޓޯރަންޓުގެ ރީތި މަންޒަރުތައް ފޮލޯވަރުންނަށް ދައްކާލައިފައެވެ.

ދިވްޔާ އަގަރްވާލް މަޝްހޫރުވެފައިވަނީ އެމްޓީވީގެ ޝޯވް ތަކުންނެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ޝޯ އަކީ އެމްޓީވީ ސްޕިލްސްވިލާ ގެ ސީޒަން 10 އެވެ. ދިވްޔާ ވަނީ މިސް ނަވީ މުމްބާއީ ޓައިޓަލްވެސް 2015 ވަނަ އަހަރު ހޯދައިފައެވެ. ދިވްޔާ އާއި ވަރުން ފުރަތަމަ ދިމާވެފައިވަނީ ވެސް އެމްޓީވީގެ ރިއަލިޓީ ޝޯ އަކުންނެވެ. އޭސް އޮފް ސްޕޭސް ހައުސް އިން އުފެދުނު ގުޅުން ބަދަހިވެ، އެ ޝޯގެ ފައިނަލް އެޕިސޯޑުގައި ދިވްޔާ އާއި ވަރުން ވަނީ ދެތަރިންގެ ލޯބީގެ ގުޅުން ރަސްމީކޮށް ހާމަކޮށްފައެެވެ.

މިހާރު އެމްޓީވީ ރޯޑީސް ރިޔަލް ހީރޯސް ހޯސްޓްކުރަމުން އަންނަނީ ވެސް ދިވްޔާ އާއި ވަރުންއެވެ.