މެޓް ގާލާ 2019ގައި ގިނަ ތަރިންތަކެއް ޕިންކް ކާޕެޓްގައި ދިޔައީ ވިދަމުންނެވެ. ހުނަރުވެރި ޑިޒައިނަރުންނާއި ކުޅަދާނަ މޭކަޕް އާޓިސްޓުންގެ މަސައްކަތްތައް ދިޔައީ ފެންނަމުންނެވެ.
އިންޑިއާގެ ދެ ތަރިން ކަމުގައިވާ ދީޕިކާ ޕަޑުކޯން އަދި ޕްރިޔަންކާ ޗޯޕްރާވެސް ވަނީ މެޓް ގާލާ 2019 ގެ އެންމެ ރީތިކޮށް ހެދުން އެޅި ތަރިންގެ ތެރޭގައި ހިމެނިފައެވެ. ހަަމަ އެއާއެކު ނަތާޝާ ޕޫނާވާލާ އާއި އިޝާ އަމްބާނީވެސް ވަނީ މެޓް ގާލާ 2019 ގައި ބައިވެރިވެފައެވެ. މި ތަރިންނަށްވެސް ވަނީ ބޮޑު ތައުރީފެއް ލިބިފަ އެވެ.
ތަރިންގެ އިތުރުން މިފަހަރު މިވަނީ އިންޑިއާގެ ޑިޒައިނަރެއްގެ ހުނަރުވެސް މެޓް ގާލާ 2019 އިން ފެނިގެން ގޮސްފައެވެ.
އިންޑިއާގެ މަގުބޫލު ޑިޒައިނަރެއް ކަމަށްވާ މަނީޝް އަރޯރާ އަކީ ބޮލީވުޑްގެ ގިނަ ތަރިން ސްޓައިލުކޮށްދޭ ޑިޒައިނަރަކެވެ. އޭގެ ތެރޭގައި ރަންވީރު ސިންގް ހިމެނެއެވެ.
އޮސްޓްރޭލިއާގެ އެކްޓަރު، ނެށުންތެރިޔާ އަދި ލަވަކިޔުންތެރިޔާ ކެއިނަން ލޮންސްޑޭލް މެޓް ގާލާ 2019 އަށް ދިޔައީ ބަޓަފްލައި ހެދުމެއްގައެވެ. މިއީ މަނީޝްގެ ޑިޒައިނެކެވެ. ހެދުމުގައި އަތުން ހަދާފައިވާ 1500 ކޮކާ ހުއްޓެވެ.
ކެއިނަން ވަނީ މީސް މީޑިއާގައި އޭނާގެ ހެދުން ދައްކައިލުމަށްފަހު މަނީޝްއަށް ތައުރީފު ކޮށްފައެވެ.