މާލޭ ސިޓީ ކައުންސިލް

ފިނޭންސް މިނިސްޓްރީ ކައިރީ ޕާކު ކުރެވޭނެ ޖާގަ ހަދައިފި

ފިނޭންސް މިނިސްޓްރީ ކައިރީ އޮތް ހުސް ބިމުގައި މިއަދުން ފެށިގެން ދެ ފުރޮޅުލީ ވެހިކަލުތައް ޕާކުކުރެވޭގޮތަށް ހަމަޖައްސައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ފިނޭންސް މިނިސްޓްރީ ކައިރީ ހުސް ޖާގައިގައި މިއަދުން ފެށިގެން ދެ ފުރޮޅުލީ ވެހިކަލަށް ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށެވެ.

އަދި އެ ބަދަލާއެކު ފެން ބިލްޑިންގުގެ އިރުމަތީ ކަންމަތިން ފެށިގެން، ޣިޔާސުއްދީން ސްކޫލާ ހަމައަށް އަމީނީމަގުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ ފިނޭންސް މިނިސްޓްރީ ކައިރީ ހެދި ޕާކިން ޒޯނުގައި ގާތްގަނޑަކަށް 350 ސައިކަލު ޕާކުކުރެވޭނެ ކަމަށެވެ.