އަންހެނުން ބާރުވެރި ކުރުމަށް އަރްޖުން ކަޕޫރު ހޯމް ފުޑް ޑެލިވަރީ ކުންފުންޏަކަށް އިންވެސްޓްކޮށްފިއެވެ.
އަރްޖުން ބުނި ގޮތުގައި އެ ކުންފުންޏަކީ ގޭގައި އުޅޭ އަންހެނުން ބާރުވެރިކޮށް އެމީހުނަށް އާއިލާ ބަލަމުންވެސް ގެއަށް އާމްދަނީ ވެއްދޭނެ ގޮތެއް ހޯދައިދިނުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ.
އަބަދުވެސް އަންހެނުންގެ ހަމަ ހަމަ ކަމަށް ވަކާލާތު ކުރާ އަރްޖުން ބުނި ގޮތުގައި އެ ކުންފުނީގެ ސަބަބުން އަންހެނުން ގޭގައި ތިބެ ހަމަ އެކަނި އާމްދަނީ ލިބުމުގެ މަގު ފަހި ވުމުގެ އިތުރުން ގޭގައި އުޅޭ މާހައުލުގައި އެމީހުންނަކީވެސް ބަލައިގަންނަ ބައެއްގެ ގޮތުގައި ވެގެންދާނެއެވެ.
ހޯމް ފުޑް ޑެލިވަރީ އިން ގޭގޭގައި ކައްކާފައި ހުންނަ ތާޒާ ކާނާ އޯޑަރުދޭ އެހެން ތަންތަނަށް ގެންގޮސްދެއެވެ.