ކުރިޔަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭ ކައިވެނި ކުރާން އުޅޭ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތައް ޖާންވީ ކަޕޫރް ދޮގުކޮށްފިއެވެ.
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ސްރީދޭވީގެ ދަރިފުޅު، ޖާންވީ އޭނާގެ ލޯބިވެރިޔާ، ޝިކާރު ޕަހަރިޔާއާ ކައިވެނި ކުރާން އުޅޭ ވާހަކަ ދޭތެރެދޭތެރެއިން މީޑިއާއަށް ތިލަވެއެވެ. އެއިން ކޮންމެ ފަހަރަކުވެސް ޖާންވީ ވަނީ އެކަން ދޮގުކޮށްފައެވެ. މި ފަހަރު ވާހަކަތައް ފެތުރުނީ މި ދެމީހުން ފައްޅިއަކަށް ގޮސް ކައިވެނި ކުރާން ނިންމާފައިވާ ކަމަށެވެ. އެ ފައްޅިއަކީ ޝިކާރް އަދި ޖާންވީ ވަރަށް ގިނައިން ގޮސްއުޅޭ ފައްޅިއެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޓީވީ ޝޯއެއްގައި ދާދި ފަހުން ޖާންވީ ބުނީ އެ ވާހަކަތައް ދައްކާ ބަޔަކު ބޭނުންވަނީ އޭނާގެ ކައިވެނި "މާ އަވަހަށް" ކުރުވަން ކަމަށާއި އަދި އެކަމުގެ ވަގުތު ނުޖެހޭ ކަމަށެވެ.
"މި ވަގުތު އަދި ބޭނުންވަނީ މަސައްކަތް ކުރަން. އަދި އެހާ އަވަހަށް ކައިވެނި ކުރާން އޯކޭއެއް ނޫން." ޖާންވީ ބުންޏެވެ.
ޖާންވީގެ ދެން އެންމެ އަވަހަށް ނުކުންނާނެ ފިލްމަކީ "މިސްޓަ އެންޑް މިސިޒް މާހި އެންޑް އުލަޖް" އެވެ.