ބޮލީވުޑް

ޖަވާނި ޖާނޭމަން: ގިނަ ދުވަސްތަކަކަށްފަހު ސައިފް އަދި ތާބޫ އެކުގައި

ސައިފް އަލީ ޚާންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ ފުރަތަމަ ފިލްމު ޖަވާނީ ޖާނޭމަން ގެ ތައްޔާރީތައް ވަނީ ފަށައިފަ އެވެ.

ނިޓިން ކައްކަރު ޑައިރެކްޓް ކުރާ މި ފިލްމުގައި ލީޑުރޯލުން ފެނިގެން ދާނީ ސައިފްއެވެ. މީގެ އިތުރުން ތާބޫވެސް މުހިންމު ރޯލަކުން ފެނިގެންދާނެ ކަމަށް ސައިފް ވަނީ ބުނެފައެވެ.

ސައިފް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި، މިއީ ގިނަ ދުވަސްތަކަަކަށް ފަހު އޭނާ ތާބޫ އާއެކު ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. ފިލްމުގައި ތާބޫ ކުޅެނީ ވަރަށް ތަފާތު ރޯލެއް ކަމަށް ފާހަގަ ކުރަމުން ސައިފް ބުނީ އެ ރޯލަކީ މަޖާ ވާނެ ރޯލެއް ކަމަށާއި، ތާބޫ އެ ރޯލު ކުޅުމަށް އެއްބަސް ވުމުންވެސް އުފާވި ކަމަށެވެ. އެ ރޯލު "ހިސްޓްރިކް" ވާނެ ކަމަށް ސައިފް ބުންޏެވެ. ނަމަވެސް ސައިފް އަދި ތާބޫ ފިލްމުން ފެނިގެން ދަނީ ދެ ލޯބިވެރިންގެ ގޮތުގައި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މީގެ ކުރިން ސައިފް އަދި ތާބޫ ވަނީ "ތު ޗޯރު މެއިން ސިޕާހީ'، "ހަމް ސާތް ސާތް ހޭ" އަދި "ބީވީ ނަންބަރު 1" ގައި އެކުގައި މަސައްކަތް ކޮށްފައެވެ.