ޓެކްނޮލޮޖީ

އިންސްޓަގްރާމުން ރޯދަމަހަށް ހާއްސަ ކެމެރާ އިފެކްޓް ތައާރަފްކޮށްފި

މުހައްމަދު އައުޒަމް

އިންސްޓަގްރާމުން ރޯދަމަހަށް ހާއްސަ ކެމެރާ އިފެކްޓް ތައާރަފްކޮށްފިއެވެ.

ސޯޝަލް މީޑިއާގެ މަޝްހޫރު ޕްލެޓްފޯމް އިންސްޓަގްރާމުން ރޯދަމަހާ ދިމާކޮށް ތާރަފްކުރި ކެމެރާ އިފެކްޓަކީ އިންސްޓަގްރާމުން ފައްޓާފައިވާ ކެމްޕޭނުގެ ދަށުން ތައާރަފް ކުރި ކަމެކެވެ. ''މަންތް އޮފް ގުޑް''ގެ ނަމުން ނަންދީފައިވާ މި ކެމްޕެއިންގައި އިންސްޓަގްރާމް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި މައްސަރުގެ ތަހުނިޔާ ރައްދުކުރުމުގެ ފުރުސަތު ހުޅުވާލައިފައިވެއެވެ.

އިންސްޓަގްރާމްގެ ރޯދައަށް ހާއްސަ ކެމެރާ އިފެކްޓް މެދުވެރިކޮށް ރޯދަމަހުގެ ހަރަކާތްތައް ޝެއާ ކުރުމުގެ އިތުރުން ދޭދޭ ގުޅުން ތަފާތު ގޮތަކަށް ބަދަހި ކުރުމުގެ ފުރުސަތު ވެސް ލިބޭނެކަމަށް އިންސްޓަގްރާމުން ބުނެއެވެ.

އިންސްޓަގްރާމްގެ ކެމެރާ އިފެކްޓް ގައި އަރަބި އަދި އިނގިރޭސި ބަހުން ރޯދައިގެ ތަހުނިޔާގެ އިތުރުން އަރަބި ޑިޒައިން ތަކުގެ އިފެކްޓްތައް ބޭނުން ކުރެވެއެވެ.

އިންސްޓަގްރާމުން ވަނީ ރޯދައާ ގުޅޭ ޕޯސްޓްތައް އަޕްލޯޑު ކުރާއިރު ހޭޝްޓެގް #MonthOfGood ބޭނުން ކުރުމަށް އެދިފައެވެ.