ޕޮލިސް

ބިދޭސީއަކަށް ބިރުދައްކައި، ފޭރެން އުޅުނު ދިވެއްސަކަށް ހަމަލާ ދީފި

ބިދޭސީއަކަށް ބިރުދައްކައި، ފޭރެން އުޅުނު ދިވެއްސަކަށް ހަމަލާ ދީފިއެވެ.

ފުލުހުން ބުނީ މިރޭ 7:00 ހާއިރު ޝަހީދު އަލީ ހިނގުމާއި ފުލޫނިޔާ މަގާ ގުޅޭ ކަންމަތީގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ބައިސްކަލެއްގައި އައި ބިދޭސީއަކަށް ދިވެއްސަކު ވަޅިން ބިރުދައްކައި، ފޭރެން މަސައްކަތްކޮށްފައިވާ ކަމަށާއި ފޭރެން މަސައްކަތްކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެ މީހާ ފޭރެން އުޅުމުން، އެތަނުގައި ތިބި ބަޔަކު އެ ދިވެހި މީހާއާ މާރާމާރީ ހިންގާފައިވާ ކަމަށާއި ފޭރެން އުޅުނު މީހާއަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ. އަދި އަނިޔާވި ދިވެހި މީހާއަށް ބޮޑު އަނިޔާއެއް ވެފައި ނުވާ ކަމަށާއި ބިދޭސީ މީހާގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.