ބޮލީވުޑް ނެށުންތެރިޔާ އަދި ބަތަލާ މަލައިކާ އަރޯރާ އަކީ އުމުރާ ބަލައި އަދިވެސް ވަރަށް ޒުވާންކޮށް ފެނިގެންދާ ތަރިއެކެވެ.
މަލައިކާގެ އުމުރުން 45 އަހަރުވެފައިވާއިރު މިހާރުވެސް އޭނާގެ ހަމުގެ ވިދުމާއި، ފިޓު ހަށިގަނޑު އަދި ރީތި އިސްތަށިގަނޑަކީ އޭނާގެ ޒުވާންކަން އިތުރު ކޮށްދޭ ބައެއް ކަންކަމެވެ.
ކަސްރަތު ކުރުމަށް ބޮޑު ޝައުގެއް ހުންނަ މަލައިކާ އޭނާގެ ފޭނުންނަށް ހާއްސަކޮށް އިންސްޓަގްރާމުގައި ވޯކްއައުޓް ރެޖިމީ ގެ ބައެއް މަންޒަރުތައް ހިއްސާކުރެއެވެ. ނަމަވެސް މިފަހަރު މަލައިކާ މިވަނީ އޭނާގެ ބިއުޓީ ސީކްރެކްޓްސް ހިއްސާކޮށްފައެވެ. މިއީ ފެމިނާ އަދި ހެލޯ އިންޑިއާ މެގަޒިންއަށް މަލައިކާ ދިން އިންޓަވިއުގައި ހިއްސާކުރި ކަންކަމެވެ.
- ހެދުނު އެންމެ ފުރަތަމަ ހައިބަނޑާހުރެ މަލައިކާ ބޮނީ ހޫނުފެނަށް ލުނބޯ އަޅައިގެންނެވެ. މިއީ ހަމަޖުކުރުމާއި ހަން އުޖާލާކޮށް ހަން މުސްކުޅިވުން ލަސްކޮށްދޭ ބުއިމެކެވެ.
- މަލައިކާ މޭކަޕް ކުރުމަށް ބޭނުން ކުރަނީ އޯގަނިކް ނުވަތަ ކެމިކަލް ނުހުންނަ ޕްރޮޑަކްޓްސް އެވެ. މިއީ ސެންސިޓިވް އަދި މެޗުއާ ހަމުގައި ބޭނުން ކުރުން އެންމެ ރަނގަޅު ޕްރޮޑަކްޓްސް އެވެ.
- ރީތި ހަމެއް ދެމެހެއްޓުމަށް ކޮންމެ ރެޔަކު ނިދުމުގެ ކުރިން މޫނުގައި ހުންނަ މޭކަޕް ފިލުވައި ދޮވެ ސާފުކުރެއެވެ. މަލައިކާ ބުނީ ރޭގަނޑު ދެފަހަރު މޫނު ދޮންނަކަމަށެވެ.
- ސްކިންކެއާ ގެ އެންމެ މުހިންމު މަންތްރާއެއްގެ ގޮތުގައި ހަންގަނޑު ހައިޑްރޭޓް ކުރާ ކަމަށް މަލައިކާ ވަނީ ބުނެފައެވެ. އެއީ ކޮންމެ ކަހަލަ މޫސުމެއްވިއަސް މެއެވެ. ހައިޑްރޭޓް ކުރުމުގެ އިތުރުން ސަންސްކްރީން ހޭކުމުގެ މުހިންމުކަން ވެސް މަލައިކާ ވަރަށް ބޮޑަށް ވަނީ ފާހަގަކޮށްފައެވެ.
- އިސްތަށިގަނޑު ރީތި ކުރުމަށް ގަވައިދުން ކޮންމެ ހަފްތާއަކު އިސްތަށިގަނޑުގައި ތެޔޮހާކާ ކަމަށް ވެސް މަލައިކާ ބުންޏެވެ.