ބޮލީވުޑް ތަރި ދީޕިކާ ޕަޑުކޯން ލައިމްލައިޓުން ދުރުގައި އުޅޭތާ ދުވަސްކޮޅެއް ވަނީ ވެފައެވެ.
ވަރަށް ފަހުން ދީޕިކާ ވަނީ އެއާޕޯޓުގައި މި ކޫލް ހެދުމުގައި ފެނިގެންގޮސްފައެވެ. މެޓް ގާލާ 2019އަށް ނިއު ޔޯކަށް ދިޔުމަށް ދީޕިކާ ފުރަން ދިޔައީ ޑެނިމް ޖަމްޕްސޫޓެއްގައެވެ.
ނޫކުލައިގެ މި ޖަމްޕްސޫޓަކީ އަގޯލްޑޭގެ ޑިޒައިނެކެވެ. ޖަމްޕްސޫޓުގައި ހަަތަރު ޖީބު ހުރިއިރު އޭގައި ޕްލީޓް ޑީޓެއިލިންނާއެކު ވިންޓޭޖް ޑެނިމް ވޮޝްއެއް ހުރިއެވެ. އާދައިގެ ގޮތަކަށް ހުރި މި ޖަމްޕްސޫޓުގެ އަގަކީ 247 ޑޮލަރުކަމަށްވެއެވެ. ލުކް ފުރިހަމަ ކުރުމަށް ކަޅުކުލައިގެ އަތްދަބަހަކާއި ވަށް އަވިއައިނެއް ވެސް ވަނީ ބޭނުންކޮށްފައެވެ.
ނަމަވެސް ޖަމްޕްސޫޓަށްވުރެ ބޮޑަށް އެންމެންގެ ލޮލުގައި ވެސް އަޅައިގަތީ ދީޕިކާ އަރާފައި ހުރި ބޫޓެވެ. ފިޔާތޮށިކުލައިގެ ސެޓިން އެ ބޫޓަކީ ބެލެންސިއާގާ ޑިޒައިނެކެވެ. އޭގެ އަގަކީ 792 ޑޮލަރެވެ.
ދީޕިކާގެ އިސްތަށިގަނޑު ހުރީ އާދައިގެ ޕޮނީޓެއިލެއްހެން އައްސައިފައެވެ. މޭކަޕްވެސް ހުރީ ސިމްޕަލްކޮށެވެ. ބޭނުންކޮށްފައިހުރީ ނޫޑް ލިޕްސްޓިކެކެވެ.
ދީޕިކާ މިވަގުތު ކުރަމުން އަންނަނީ މެގްނަ ގުލްޒާރުގެ "ޗަޕާކް" ގެ މަސައްކަތެވެ. އެއީ އިންޑިއާގެ އެސިޑް އެޓޭކްގެ ޝިކާރައަކަށްވި ލަކްސްމީ އަގަރްވާލުގެ ދިރިއުޅުމުގެ މައްޗަށް ހަދާ ފިލްމެކެވެ. ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ ދިއްލީގައި ކަމުން ވަރަށް ގިނައިން މިދުވަސްވަރު ދީޕިކާ އެއާޕޯޓުން ފެނެއެވެ.