ލައިގެން ހުރި، ޖިންސްގެ ތެރެއަށް ބަނގުރާފުޅިއެއް ޖަހައިގެން އުޅުނު މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިއަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ޕަކެޓާއެކު 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ހައްޔަރުކޮށްފައިވަނީ ރޭ 10:30 ހާއިރު ހުޅުމާލޭ ރަބަރުގަސް މަގު ފަސް ނަމްބަރު ގޯޅިން ކަމަށާއި އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު ލައިގެން ހުރި ޖިންސް ތެރެއިން ބަނގުރާ ފުޅިއަކާއި އަދި ޖިންސްގެ ޖީބުން މަސްތުވާތަކެތި ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ފުލެޓް ބަލައި ފާސްކުރި އިރު، ފުލެޓެއްގެ ބަދިގޭގެ ކަބަޑު ސެޓް ތެރެއިން އިތުރު ފަސްފުޅި ބަނގުރާ ފެނިފައިވާކަމަށެވެ. އެމައްސަލަ މިހާރު ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.