ޓެރަރިޒަމާއި ދެކޮޅަށް ހިންގަންޖެހިފައިވާ ހަނގުރާމައަކީ މުޅި ސަރުކާރު އެކުވެގެން ކުރެވޭނެ ހަނގުރާމައެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންނާއި ސިފައިންނާއި އަދި މިނޫންވެސް ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން މަސައްކަތް ކުރެވެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެކުވެރިކަމުން ކަމަށެވެ.
އަދި އެކުވެރިކަމަކީ ބާރެއް ކަން ފާހަގަކުރައްވައި އެއުސޫލުގެ ސަބަބުން ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާ މިފަދައިން ވިދާޅުވި އިރު ގައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކާތަކާއި އެފަދަ ހާލަތްތަކުގައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ކަމާބެހޭ މުއައްސަސާތަކުގެ ވެރިންނާ އެކު މިމަހު ހަތަރުވަނަ ދުވަހުވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.