ބޮލީވުޑް

ކެޓްރީނާ އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް މިއަހަރު ހުޅުވަނީ

ބަތަލާ ކެޓްރީނާ ކައިފް އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް މިއަހަރު ހުޅުވާނެ ކަމަށް ބުނެފިއެވެ.

ފިލްމުފެއާ އަށް އާދިއްތަ ދުވަހު ދިން އިންޓަވިއުއެއްގައި ކެޓްރީނާ ވަނީ މިއަހަރަށް އޭނާ ކުރާ އުންމީދުތަކާއި މަސައްކަތްތައް ހިއްސާކޮށްފައެވެ.

ކެޓްރީނާ ބުނި ގޮތުގައި ނިންމާފައިވާ ގޮތަށް ހުރިހާ ކަމެއް ކުރިއަށް ދާނަމަ، މިއަހަރުގެ ތެރޭގައި އެ ކުންފުނި ހުޅުވިގެންދާނެއެވެ.

މީގެ އިތުރުން ފޮތް ލިޔުމާއި ޝޯތަކެއް ރޭވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކެޓްރީނާ ވަނީ ބުނެފައެވެ.

އެންމެ ފަހުން ނުކުމެފަިއވާ ކެޓްރީނާގެ ފިލްމަކީ ޝާހުއާއެކު އާއެކު ކުޅުނު ފިލްމު ޒީރޯއެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ފިލްމުގައި ކެޓްރީނާ ކުޅެފައިވާ ރޯލަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

ކެޓްރީނާގެ ދެން އެންމެ އަވަހަށް ނުކުންނަން އޮތް ފިލްމަކީ ސަލްމާން އާއެކު ފެނިގެންދާނެ ފިލްމު ބާރަތު އެވެ. މިއީ މިއަހަރު އެ ފިލްމަކަށްޓަކައި އެންމެގިނަމީހުން އިންތިޒާރު ކުރާ ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ. މި ފިލްމު ރިލީސްކުރަނީ ޖޫން ފަހެއްގައެވެ.