އިންޑިއާގައި މިހާރު ކުރިއަށްދާ އިންތިހާބުގައި ގިނަ ތަރިންތަކެއް ވޯޓު ލާފައިވާއިރު ގިނަ ތަރިން ތަކެއް ދަނީ ފާޅުގައި ކެމްޕެއިންވެސް ކުރަމުންނެވެ.
އާދިއްތަ ދުވަހު ދިއްލީގައި ކުރިއަށްދިޔަ ކެމްޕެއިނުގެ ތެރޭގައި ބަތަލު، ވިވެކް އޮބްރޯއީ ވަނީ ބީޖޭޕީގެ ފަރާތުން ކެމްޕެއިންނަށް ނުކުމެ، މޯދީއަށް ވޯޓުލުމަށް ރައްޔިތުންގެ ކައިރީގައި އެދިފައެވެ.
މޯދީގެ ބައޯޕިކްގައިވެސް، މޯދީގެ ރޯލު އަދާކުރާ ވިވެކް ގޮވާލާފައިވަނީ ދިއްލީގެ ހަތް ގޮނޑިންވެސް މޯދީ ހޮވުމަށެވެ.
މީގެ އިތުރުން ވިވެކް ކެމްޕެއިން ކުރުމުގައި ވަނީ އޮޕޮޒިޝަން ޕާޓީ އަށްވެސް ފާޑުކިއުން އަމާޒުކޮށްފައެވެ. 70 އަހަރު ވަންދެން އިންޑިއާ ލޫޓްވިކަމަށް ވިވެކް ވަނީ އެޕާޓީއަށް ތުހުމަތުވެސް ކޮށްފައެވެ.
ދިއްލީގައި ވޯޓުލުން ކުރިއަށް ދާނީ ހަތް ދާއިރާއަކުން މެއި 12 އިގައެވެ.