މުނިފޫހިފިލުވުން

ޓައިޓޭނިކް ފިލްމުގެ ކެޕްޓަން މަރުވެއްޖެ

މުހައްމަދު އައުޒަމް

ޓައިޓޭނިކް ފިލްމުގެ ކެޕްޓަން، ބާނާޑް ހިލް މަރުވެއްޖެއެވެ.

މަޝްހޫރު ފިލްމް ޓައިޓޭނިކްގެ ކެޕްޓަން އުމުރުން 79 އަހަރުގެ ބާނާޑް ހިލް އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މަރުވެފައިވާކަން އޭނާގެ މެނޭޖަރު ވަނީ ހާމަކޮށްފައެވެ.

ޓައިޓޭނިކްގެ އިތުރުން ބާނާޑް ވަނީ ލޯޑް އޮފް ދަ ރިންގްގައި ކިންގް ތޯޑެންގެ ރޯލުންވެސް ފެނިފައެވެ. އަދި މީގެ އިތުރުން އެހެން ސީރީސްތަކުން ވެސް ބާނާޑް ވަނީ ހުނަރު ދައްކައިފައެވެ.

މެންޗެސްޓާއަށް އުފަން ބާނާޑް މަރުވި ދުވަހަކީ އޭނާގެ އެންމެ ފަހުގެ ސީރީޒް ދަ ރެސްޕޮންޓާގެ އިތުރު ބައެއް ރިލީސް ކުރަން އޮތް ދުވަހެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތްވަނަ އަހަރު ޓައިޓޭނިކްގައި ކެޕްޓަން ސްމިތްގެ ރޯލުން އޭނާއަށް ވަނީ 11 އޮސްކާ ލިބިފައެވެ. އޭގެ ފަހުން ގިނަ ރޯލުތަކުން އޮސްކާތަކެއް ބާނާޑް ވަނީ ހޯދައިފައެވެ.