ވިޔަފާރި

ރޯދަ މަހު އެސްޓީއޯ ސުޕަ މާޓް ހުޅުވާފައި ހުންނަ ގަޑިތައް އިއުލާނުކޮށްފި

މަރިޔަމް ޝަހުދާ

ރޯދަ މަހު އެސްޓީއޯ ސުޕާރ މާޓް ހުޅުވާފައި ހުންނަ ގަޑިތައް އިއުލާނުކޮށްފި އެވެ.

މާދަމާއިން ފެށިގެން ރޯދަމަސް ނިމެންދެން އެސްޓީއޯ ސުޕާރ މާޓު ހުޅުވާފައި ހުންނަ ގަޑިތައް އެސްޓީއޯ އިން އާންމުކޮށްފައި ވަނީ މިއަދު ކުރި ޓުވީޓަކުންނެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕާރ މާޓްގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕާރ މާޓް ހޯލްސޭލް ސެންޓަރ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 10:000 އިން ހަވީރު 16:30 އަށް ހުޅުވުމަށް އެސްޓީއޯއިން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕާރ މާޓް ކޮންމެ ރެއަކު ހުޅުވުމަށް ހަމަޖެހިފައި ވަނީ 20:30 އިން 00:30 އަށެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕާރ މާޓް ހުކުރު ދުވަހު ހެނދުނު ބަންދުކޮށްފައި ހުންނައިރު، އެދުވަހު މެންދުރު 14:00 އިން 16:30 އަށް ހުޅުވާފައި ހުންނާނެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕާރ މާޓް ހޯލްސޭލް ސެންޓަރ ހުކުރު ދުވަހު ބަންދު ވާނެއެވެ. އަދި އެހެން ދުވަސް ދުވަހުގެ ރޭގަނޑު ހޯލްސޭލް ސެންޓަރ ހުންނާނީ ބަންދުކޮށްފައެވެ.

މިދިޔަ އޭޕްރީލް މަހު 7 ވަނަ ދުވަހު އެސްޓީއޯ އިން ވަނީ ރޯދަމަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ. މި ޕްރޮމޯޝަން މިހާރުވެސް ކުރިއަށްދާ އިރު، މި ޕްރޮމޯޝަންގެ އެންމެ ފަހު ތާރީހަކީ އަންނަ ޖޫންމަހުގެ 10 ވަނަ ދުވަހެވެ.