ބޮލީވުޑް

ސޮނާކްޝީ، އޭނާގެ މަންމަގެ ކެމްޕެއިނުގައި ބައިވެރިވެއްޖެ

ބަތަލާ ސޮނާކްޝީ ސިންހާ ޑަބަންގް ތިނެއްގެ ޝޫޓިންގައި އުޅުމަށްފަހު ހުކުރު ދުވަހު ލަކްނައުއަށް ދިޔައީ އޭނާގެ މަންމަ ޕޫނަމް ސިންހާއަށް ކެމްޕެއިން ކުރުމަށެވެ.

އިންޑިއާގެ އިންތިހާބުގައި ލަކްނައު ސިޓީ އިން ޕޫނަމް ވާދަކުރާ އިރު، ސޮނާކްޝީގެ ބައްޕަ ޝަތްރުގަން ސިންހާ ވާދަކުރަނީ ޕަޓްނާގެ ބިހާރަށެވެ. ސޮނާކްޝީ އަކަށް އޭނާގެ ބައްޕައަށް ކެމްޕެއިން ކުރުމުގައި އަމަލީ ގޮތުން ބައިވެރި ނުވެވުނު ނަމަވެސް އޭނާ ވަނީ މީސް މީޑިއާގައި ސަޕޯޓަށް އެދިފައެވެ.

ހުކުރު ދުވަހު ސޮނާކްޝީ ވަނީ އޭނާގެ މަންމަ ޕޫނަމް އާއެކު ރޯޑްޝޯގައި ބައިވެރިވެފައެވެ. އަދި ސަޕޯޓަރުން ކައިރިން އޭނާގެ މަންމައަށް ވޯޓުލުމަށް އެދިފައެވެ.