ގާސިމް އިބްރާހިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސާބިތުކޮށްދެއްވީ އަދުލު އިންސާފު ދިރިދެމިއޮތްކަން: ޤާސިމް

މިއަދު ފިސާރި ސާބިތު ކަމާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސާބިތު ތިޔަ ކޮށްދެއްވީ އަދުލް އިންސާފު ދިރިދެމި އޮތްކަން ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޤާސިމް އިބްރާހީމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެ ހުކުމް ސުޕްރީމް ކޯޓުން ރައީސް ޔާމީނާ ދެކޮޅަށް ނިންމުމާ ގުޅިގެން ދާދި ދެންމެ ކުރެއްވި ޓުވީޓެއްގަ އެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތިޔަ ސާބިތުކޮށްދެއްވީ އަނިޔާވެރިކަން އެއީ ހައްޤު ނޫންކަން، މަކަރާ ހީލަތަކީ އިންސާފު ނޫންކަން، ނަސްރު ލިބޭނީ ހައްގު ގޮތުގައި ތިބޭ ބަޔަކަށް ކަން." ޤާސިމް ގެ ޓުވީޓުގައި އިތުރަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލު ކުރުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން މިއަދު ނިންމަވައިފައި ވަނީ އިންތިޚާބު ބާތިލުކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ. އެ ގޮތުން މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ސާބިތު ކުރެވޭނެ ފަދަ ގާނޫނީ އަސާސް ތަކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.