ބޮލީވުޑް

މެންޓަލް ހެއި ކިޔާ ގެ ނަން ބަދަލު ކުރަނީ

ރާޖް ކުމާރު ރާއޯ އާއި ކަންގްނާ ރާނުތް އެކީގައި ފެނިގެންދާ ފިލްމު މެންޓަލް ހެއި ކިޔާ އަށް ދަނީ ފިލްމުގެ ނަމާ ހެދި ގިނަ މައްސަލަތަކާ ކުރިމަތި ވަމުންނެވެ.

ބަތަލާ ދީޕިކާ ޕަޑުކޯން ގެ އެންޖީއޯ އާއި ސައިކިއޭޓްރިކް ސޮސައިޓީގެ ފަރާތުން ވަނީ ފިލްމުގެ ނަމުގައި މެންޓަލް އޮތުމުން އެބަސް ފާޑުކިޔައިފަ އެވެ. ނަމަވެސް ކަންގްނާގެ ދައްތަ ރަންގޯލީ ވަނީ ފިލްމު ބެލުމުން އެންމެންވެސް ފަހުރުވެރިވާނެ ކަމަށް ޓުވީޓުކޮށްފައެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު އަންނަނީ ފިލްމުގެ ނަން ބަދަލު ކުރުމަށް ވިސްނަމުންނެވެ. ނަމަވެސް އެއީ އަދި ތެދު ހަގީގަތެއްކަމެއް ނޭނގެއެވެ.

ޖޫން 21ގައި އަޅުވާ މި ފިލްމަކީ ކަންގްނާ އަދި ރާޖްކުމާރު އެކީގައި ފެނިގެންދާ ދެވެނަ ފިލްމެކެވެ. މީގެ ކުރިން ދެ ތަރިންވަނީ ފިލްމު "ކްއީން"ކުޅެ އެއިން ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.