ސެމްސަންގ އެންމެ ފަހުގެ ޓީވީ ތަފާތުވެފައި ޓީވީގެ ޑިޒައިންތަކަށް އިންގިލާބެއް ގެނެސްފިއެވެ.
ސެމްސަންގ އިން މިފަހަރު ނެރުނު ޓީވީއަށް ކިޔަނީ ސީރޯ އެވެ. 43 އިންޗީގެ މި ޓީވީ އާއި އެކު ޓީވީ ސްޓޭންޑް އެއް ވެސް ލިބެއެވެ.
ޓީވީގެ އެންމެ ތަފާތު ކަމަކީ މި ޓީވީ ޕޯޓްރެއިޓް އަދި ލޭންޑް ސްކޭޕްކޮށް އަނބުރާލެވޭތީއެވެ. އެހެން ޓީވީތަކާ ހިލާފު ކޮންސެޕްޓެއްގެ މިޓީވީ ގައި ތަފާތު ފީޗަރ ތަކެއް ހުރެއެވެ. އެގޮތުން ސެމްސަންގ ގެ ވާޗުއަލް ބިކްސްބައިގެ ޓެކްނޮލޮޖީ މިޓީވީގައި ހުންނާނެއެވެ. އަދި ރިއަލް ޓައިމް ގަޑިވެސް ޑިސްޕްލޭ ކޮށްލެވެއެވެ.
ސެމްސަންގ ގެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ މި ޓީވީ ޕޯޓްރެއިޓް ކޮށްލުމަށްފަހު ފޯން ކަނެކްޓް ކޮށްލުމުން މޯބައިލް ފޯނު ފުލް ސްކްރީންގައި މިރާ ކޮށްލައެވެ.
ސެމްސަންގ ސީރޯ ޓީވީ ވިއްކަން ފަށާފައިވާއިރު، އަދި ހަމަ އެކަނި މި ޓީވީ ލިބެން ހުންނާނީ ދެކުނު ކޮރެއާގައެވެ. މި ޓީވީގެ އަގަކީ 1700 އެމެރިކާ ޑޮލަރެވެ.