އދ. މާމިގިލީ އެއާޕޯޓް ފަޔަރުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ހަތަރު މުވައްޒަފަކަށް އަނިޔާވެއްޖެއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 4:15 ހާއިރު މާމިގިލީ އެއާޕޯޓްގައި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 4:15 އާއި 4:20 އާއި ދެމެދުގެ ވަގުތެއްގައި ވިލާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފަޔަރު ލޮރީއެއް ކޮންޓްރޯލް ނުވެގެންގޮސް އެކްސިޑެންޓްވެ އެއާ ފަޔަރުގައި މަސައްކަތްކުރާ ހަތަރު ދިވެހި މުވައްޒަފަކަށް އަނިޔާވެފައިވާ ކަމަށެވެ.
ހަތަރު މީހުންނަށްވެސް އެކިވަރުގެ އަނިޔާވެގެން މާމިގިލީ ހެލްތު ސެންޓަރުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ހަތަރު މީހުންގެ ތެރެއިން ތިން މީހެއްގެ ފައި ވަނީ ބިނދިފައެވެ.