މުސްލިމަކު ގޯސްކަމެއް ކުރުމަކީ އިސްލާމްދީނުގެ އުނިކަމެއް ނޫން ކަމަށް އައްޝައިޚު އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ޝައިޚު އިލްޔާސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމް ދީނަކީ އެންމެ މާތް އެންމެ ފުރިހަމަ ދީން ކަމަށާއި އެނޫން އެހެން ދީނެއް ﷲ ގަބޫލު ނުކުރައްވާނެ ކަމަށެވެ. އަދި ﷲއަށް ވުރެ އޯގާވެރި ފަރާތަކަށް ވާން އުޅުމަކީ މޮޔަކަމެއް ކަމަށެވެ.
ސޫރަތުލް ޢާލްއިމްރާންގެ 85 ވަނަ އާޔަތާއި އެއާޔަތުގެ މާނައާއެކު އިލްޔާސް ކުރެއްވި ޓުވީޓުގައި ދީނުގެ ސައްހަ އަގީދާ ދަސްކުރުމަށާއި މުސްލިމުންގެ ހަތިޔާރަކީ ހަމަ ދީން ކަމަށް ވިދާޅުވެފައިވެއެވެ.