ޓެކްނޮލޮޖީ

ފޭސްބުކް ރީޑިޒައިންކޮށް ބަދަލުތަކެއް ގެނެސްފި

މުހައްމަދު އައުޒަމް

ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް މީޑިއާ އެޕް ފޭސްބުކް، ރިޑިޒައިން ކޮށް މޫނުމަތި ބަދަލުކޮށްލައިފިއެވެ. ފޭސްބުކަށް ގެނެސްފައިވާ ބަދަލުތައް ހާމަކުރަމުން އެފް 8 ޑިވޮލޮޕަ ކޮންފަރެންސް ގައި ބުނެފައިވަނީ މިއީ ފޭސްބުކަށް މިހާތަނަށް އައި އެންމެ ތަފާތު ބަދަލުކަމަށެވެ.

ފޭސްބުކުން ބުނެފައިވަނީ ރީޑިޒައިން ކުރުމަށްފަހު މޯބައިލް ފޯނު ބޭނުންކުރާފަރާތްތަކަށް މިހާރު އަޕްޑޭޓް ލިބޭނެ ކަމަށެވެ. އެގޮތުން އައިއޯއެސް އަދި އެންޑްރޮއިޑް އަށްވެސް މި އަޕްޑޭޓް ލިބޭނެ ކަމަށެވެ.

ފޭސްބުކުން ބުނެފައިވަނީ ރީޑިޒައިންގެ އަޕްޑޭޓް ޑެސްކްޓޮޕްތަކަށް ވެސް މިމަސްތެރޭލިބިގެން ދާނެކަމަށެވެ.

މިފަހަރު ފޭސްބުކުން ގެނައި އެންމެ ބޮޑު ބަދަލަކީ ނިއުސް ފީޑްގައި ގުރޫޕް ޓެބެއް އިތުރުކުރުމެވެ. އަދި މި ޓެބް މެދުވެރިކޮށް ނިއުސް ފީޑްގައި އެންމެ ބަލަން ބޭނުންވާ ގްރޫޕްތައް ފިލްޓަރ ކޮށްލެވޭނެއެވެ. އަދި މީގެ އިތުރުން ފޭސްބުކުން އެހެން ގުރޫޕްތައް ވެސް ރިކޮމެންޑް ކުރާނެއެވެ.

މިފަހަރު ފޭސްބުކަށް އިތުރުކޮށްފައިވާ އަނެއް ބަދަލަކީ މީޓް ނިއު ފްރެންޑްސް އެވެ. މި ފީޗާގެ ސަބަބުން ފޭސްބުކް މެދުވެރިކޮށް ނުދަންނަ މީހުންނާއި ގުޅައިދެއެވެ. އެގޮތުން އިންޓްރެސް އެއްގޮތް މީހުން ގުޅުވައިދެއެވެ. ފޭސްބުކުން ބުނެފައިވަނީ މިބަދަލުގެ ސަބަބުން އެޕް މެދުވެރިކޮށް ނުދަންނަ މިހުންނާ އެކުވެރިވެ ގުޅުން ބަދަހިކުރެވޭނެއެވެ.

ފޭސްބުކް ބޭނުން ކުރާ ފަރާތްތަކުގެ ސަރަހައްދު ތަކުގައި ހިނގާ ކަންކަން ފޭސްބުކް މެދުވެރިކޮށް މިހާރުވެސް ބެލެއެވެ. ނަމަވެސް ފޭސްބުކަށް ގެނައި ބަދަލުން އެކި ސަރަހައްދު ތަކުގައި ހިނގާ އިވެންޓުތަކާއި އެންމެ ޓްރެންޑިން ކަންކަން މެޕް މެދުވެރިކޮށް ހޯދައިގަނެވެއެވެ.