އުރީދޫގެ ކަސްޓަމަރުންނަށް ހަދިޔާ ފޮށިން އެޕަލް ވިޝަން ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫން އިއްޔެ ބުނީ ހަދިޔާ ފޮށީގެ ދެވަނަ އަހަރު ގުނަމުންދާއިރު، މި ރޯދަމަހުވެސް އެތައް ހަދިޔާތަކެއް އެ ކުންފުނީގެ ކަސްޓަމަރުންނަށްޓަކައި ހަދިޔާ ފޮށްޓަށް އަޅާ ފުރާލާފައިވާ ކަމަށެވެ. އެގޮތުން ހާއްސަ އެއް އިނާމަކީ އެޕަލް ވިޝަން ޕްރޯއަކާއި ޕީއެސް 5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗާއެއް ކަމަށް އުރީދޫން ބުންޏެވެ.
އޭގެ އިތުރުންވެސް އުރީދޫ މުދާ ފޮށީގައި ޑޭޓާ ޕެކް، ގޭމިން ޕެކްގެ އިތުރުން ގިނަ އިނާމުތަކެއް ހިމެނެއެވެ. ޑޭޓާ ޕެކް ލިބުމުން ވަގުތުން އެކައުންޓް ބެލެންސަށް އެއްވާނެއެވެ.
އުރީދޫ ހަދިޔާ ފޮށީގައި ބައިވެރިވުމަށް އުރީދޫ ސުޕައެޕަށް ވަނުމަށްފަހު ހޯމްޕޭޖުގައި އިންނަ ހަދިޔާފޮށި ބެނާއަށް ފިއްތާލާށެވެ. އޭރުން ހަދިޔާ ފޮއްޓެއް ސްކްރީނުން ފެންނާނެއެވެ. ފޮށި ހުޅުވެންދެން ފޮއްޓަށް ފިތަމުން ގެންދަންޖެހޭނެއެވެ. ފޮށި ހުޅުވުމުން ލިބުނީ ކޮން އިނާމެއްކަން އިނގޭނެއެވެ.
ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއްފަހަރު ހަދިޔާފޮށީގައި ބައިވެރިވެވޭއިރު، ހަދިޔާ ފޮށި ކުޅެވޭނެ ވަގުތުވެސް ބެނާއިން ފެންނަން ހުންނާނެއެވެ.
އުރީދޫން ބުނީ ހަދިޔާ ފޮށި ކުޅޭ ކޮންމެ ފަހަރަކީ އިނާމެއް ލިބޭނެ ފަހަރެއް ކަމަށާއި ކޮންމެ ދުވަހަކު ހަދިޔާ ފޮށި ކުޅެގެން "ސްޓްރީކް" ހެދޭނެ ކަމަށެވެ. އަދި "ކަރާ ޕޮއިންޓްސް" ލިބިގެން ދިއުމުގެ އިތުރުން ކޮންމެ ދުވަހަކު ކުޅެގެން ޕޮއިންޓް އިތުރުކޮށް ލީޑާބޯޑުގެ ކުރި ހޯދެން ހުންނާނެ ކަމަށް ބުންޏެވެ.
ކޮންމެ ހަފުތާއެއްގައި ލީޑާބޯޑުގެ އެންމެ ކުރީގައި އޮންނަ ތިން ކަސްޓަމަރުންނަށް "ވީކްލީ މެގަ ގިފްޓް" އެއް އުރީދޫން ދެއެވެ.