ބޮލީވުޑް

ޕަރިނިތީގެ މި ވީޑިއޯ ދުށިންތަ؟

ބޮލީވުޑްގައި އަމިއްލައަށް ބުރަ މަސައްކަތް ކޮށް ޕަރިނިތީ ވަނީ ގިނަ ބައެއްގެ ލޯތްބާ އެކު މޮޅު ބަތަލާއިންގެ ތެރޭގައި ހިމެނިގެން ގޮސްފައެވެ

މީސް މީޑިއާގައި ގިނަ ބަޔަކު ފޮލޯ ކުރާ އެއް ތަރިއަށް ޕަރިނިތީ ވެގެން ގޮސްފައިވާއިރު އޭނާވެސް އަންނަނީ ފޮޓޯ އާއި ވީޑިއޯތައް ހިއްސާކުރަމުންނެވެ.

ވަރަށް ފަހުން ޕަރިނިތީ ވަނީ އަމިއްލައަށް އޭނާގެ މަޖާ ވީޑިއޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.

ވީޑިއޯގައި ޕަރިނިތީ ހުރީ ފެހި ސާރީއެއް އަޅާފައެވެ. ފެނިގެން ދަނީ ފިލްމު މޮހައްބަތޭންގެ ލަވަ "ހަމް ކޯ ހަމީސޭ ޗުރާލޯ" ލަވައަށް އޭނާ ނަށާ މަންޒަރެވެ.

ވީޑިއޯ ހިއްސާކުރުމަށްފަހު އޭގެ ކެޕްޝަނުގައި ޕަރިނިތީ ލިޔެފައިވަނީ "ޔަޝްރާޖް ހީރޯއީން ޓުވިޓޯރިއަލް: ފޭކް ސުވިޒަލޭންޑް މާދް އައިލެންޑްގައި، 34 ޑިގްރީސް ގެ ހޫނު މިނުގައި ފޭކް ސްނޯ، ފޭކް ވައި، އެއް މޮހާއްބަތޭން ލަވަ އެކަމު ރިއަލް ފިލްމީ އަންހެން ކުއްޖެއް. މި ޝޮޓް ނެގިއިރު ހުނުން މައިތިރި ނުވި" ކަމަށެވެ.

ޕަރިނިތީ މިދުވަސްވަރު މަސައްކަތް ކުރަމުން އަންނަނީ "ޖަބާރިޔާ ޖޯޑީ" ގެ ޝޫޓިން ގައެވެ. އެ ފިލްމުގައި ސިދާތް މަލޯތްރާ ވެސް ފެނިގެން ދެއެވެ. އަދި "ދަ ގާލް އިން ދަ ޓްރެއިން" ގެ ހިންދީ ފިލްމުގައާއި ސައިނާ ނެހްވާލްގެ ބައޯޕިކްގައެވެ.