މަޝްހޫރު ކޮރިއޯގްރާފާ އަދި ފިލްމު ޕްރޮޑިއުސަރު ފަރާ ޚާން ގެ މަގުބޫލު ފިލްމް މޭއިހޫނާ އަށް 15 އަހަރު ފުރުން ވަނީ އަންގާރަ ދުވަހު ފާހަގަ ކޮށްފައެވެ.
މުމްބާއީގެ ނިއުސް އެޖެންސީއަކަށް ދިން އިންޓަވިއުއެއްގައި ފަރާ ބުނީ މެއިހޫނާ ދޭއް އުފެއްދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެކަމަށް ދުއާވެސް ކުރެވޭ ކަމަށެވެ. ފިލްމުގެ ދެވަނަ ބައެއް ހެދުމަށް ބޭނުންވާ ކޮންސެޕްޓްވެސް ވިސްނައިފައިވާކަމަށް ފަރާ ބުންޏެވެ. މިހާރު އޭގެ ފުރިހަމަ ޒިންމާ އޮތީ ފިލްމުގެ ލީޑު ބަތަލު ޝާހުރުކް ޚާން އަތްމަތީގައި ކަމަށްވެސް ފަރާ ބުންޏެވެ. އަދި ޝާހު ބޭނުން ނަމަ އޭނާ ހުރީ ފިލްމައިގެން ކުރިއަށް ދިޔުމަށް ކަމަށްވެސް ފަރާގެ އިންޓަވިއުގައި ބުނެފައިވެއެވެ.
ދެހާސް ހަތަރެއްގައި އާމީ ޖެނެރަލްގެ އަންހެން ދަރިފުޅު މަގުއޮޅިފައިވާ ސިފައިންގެ މީހެއްގެ ފަރާތުން ސަލާމަތްކުރުމަށް އަންޑާ ކަވާ އެޖެންޓެއްގެ ގޮތުގައި ޝާހު ކޮލެޖް ކިޔަވާ ކުއްޖަކަށްވެގެން ހިނގައިދާ ކަންތައްތަކެއް ފެނިގެން ދިޔަ ފިލްމު މެއިހޫނާ އަކީ މިހާރުވެސް ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމެކެވެ. އެ ފިލްމުގައި ޝާހު ގެ ނަމަކީ މޭޖާ ރާމް އެވެ.
ފިލްމުގައި ޒަޔެދް ޚާން، އަމްރިތާ ރާއޯ އަދި ޝުޝްމިތާ ސެންވެސް ލީޑް ރޯލުން ފެނިގެން ދެއެވެ.