ޕޮލިސް

ރާއްޖެ އައި ބިދޭސީއެއްގެ އަތުން ތިން މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި

ރާއްޖެ އައި ބިދޭސީއެއްގެ އަތުން ތިން މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ ކަސްޓަމްސްއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރާއްޖެ އައި ބިދޭސީއެއްގެ އަތުން 1.144 ކިލޯގެ ކޮކެއިން އަތުލައިގެންފައިވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފެހެއްޓި އެ ބިދޭސީ މީހާ އަތުން އަތުލައިގަތް ކޮކެއިންގެ މަގުމަތީ އަގު ތިން މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުންނެވެ.

ދާދި ފަހުން ފުލުހުން ވަނީ ގދ. އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައި ހުރި 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެތަކެތީގެ މަގުމަތީގެ އަގަކީ 260 މިލިއަން ރުފިޔާއެވެ.