ގައުމީ، އެއާލައިން މޯލްޑިވިއަނުން އުދުހޭ ބައެއް މަންޒިލަތަކުގެ ޓިކެޓުގެ އަގު ހެޔޮކޮށްފިއެވެ.
މޯލްޑިވިއަން އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އާ ފެއާތަކަށް ދަތުރު ކުރެވޭނެ ކަމަށެވެ. އަދި މޯލްޑިވިއަނުން މިހާރު ދަތުރު ކުރާ 14 މަންޒިލަކަށް ޝެޑިއުލްގެ ތެރެއިން ވަކި ފްލައިޓުތަކުން އަގުހެޔޮކޮށް ޓިކެޓް ލިބޭނެ ކަމަށް ބުންޏެވެ.
މޯލްޑިވިއަނުން ބުނީ އެ އަގުތަކުގައި މޯލްޑިވިއަންގެ ވެބްސައިޓުންނާއި މޯލްޑިވިއަން އޮފީސް މެދުވެރިކޮށްވެސް ޓިކެޓް ބުކް ކުރެވެން ހުންނާނެ ކަމަށެވެ.
މޯލްޑިވިއަން އިން ރާއްޖޭގެ 16 މަންޒިލަކަށް ދަތުރު ކުރެއެވެ.