ބޮލީވުޑް

އަޖޭ އާއި ޕްރަކާޝް ފަސް އަހަރު ފަހުން އެކީގައި ފިލްމެއް ޑައިރެކްޓްކުރަނީ

ބޮލީވުޑްގެ ބްލޮކްބަސްޓަރ ފިލްމްތަކެއް ނެރުނު އަޖޭ ދޭވްގަން އަދި ޕްރަކާޝް ޖާން ގުޅިގެން އަނެއްކާވެސް ފިލްމެއް ނެރެން ތައްޔާރުވެއްޖެ އެވެ. މިއީ ފަސް އަހަރު ފަހުން މި ދެ ޑައިރެކްޓަރުން ގުޅިގެން ނެރޭ ފުރަތަމަ ފިލްމެވެ.

'ގަންގާޖަލް"، "ސިއްކާރ"، "ދިލް ކިޔާ ކަރޭ"، "އަޕާހަރަން"، "ރާޖްނީތީ" އަދި "ސަތްޔާގްރަހާ" އަކީ އަޖޭ އަދި ޕްރަކާޝްގެ ސުޕަރ ހިޓްވި ފިލްމް ތަކެވެ. މައުލޫމާތު ލިބޭ ގޮތުގައި ޕްރަކާޝް ވަނީ ފިލްމްގެ ކޮންސެޕްޓްވެސް އަޖޭއާ ހިއްސާކޮށް ފިލްމްގެ ސްޓޯރީލައިން ހެދުމުގެ މަސައްކަތް ފަށާފައެވެ. އަދި މިހާތަނަށް ދެ ޑައިރެކްޓަރުން ނެރެން އުޅޭ ފިލްމާ ގުޅޭ މާބޮޑު މައުލޫމާތެއް ނޭނގޭއިރު އިނގޭހާ ވެސް ކަމަކީ ފިލްމު ވާނީ ހަގީގީ ހާދިސާއެއްގެ މައްޗަށް ހަދާ ފިލްމެއް ކަމަށެވެ.

އަޖޭ އާއި ޕްރަކާޝްގެ ގުޅުން ހީނަރުވެފައި ވަނީ ފިލްމް ގަންގާޖަލްގައި ބަތަލުގެ ބައި އަޖޭއަށް ކުޅެން ނުދިނުމުން ކަމަށް ވެއެވެ. އަދި ޕްރިޔަންކާ ޗޯޕްރާ އާއި އެކީ ޕްރަކާޝް ފިލްމެއް ހެދުމުންނެވެ.