ކްލަބްމެޑް ކަނި

ކްލަބުމެޑް ކަންޏަށް އައިސް އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ކްލަބްމެޑް ކަނިފިނޮޅަށް އައިސް އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.

"ވަން އޮންލައިން"އަށް ކަށަވަރުވެފައިވާ ގޮތުގައި މަރުވި ޓޫރިސްޓް މީހާ މި ވަގުތު އޮތީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މީގެ ބައިގަޑިއެއްހާއިރު ކުރީންނެވެ.

ފުލުހުންގެ މީޑިއާއިން ދާދި ދެންމެ ބުނީ މަރުވެފައި ވަނީ 52 އަހަރުގެ ސިންގަޕޫރު ފިރިހެނެއް ކަމަށެވެ. އޭނާ މަރުވެފައި ވަނީ އޭޑީކޭގައި ފަރުވާދެމުން އަންނަނިކޮށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.