މިއަހަރު ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަ އެެއް ފިލްމު ކަމަށްވާ ބާރަތް ރިލީސްކުރުމުގެ ފަހުގެ ތައްޔާރީތައް ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުއާއި ފިލްމުގެ ލީޑް ބަތަލު ސަލްމާން ޚާން އަންނަނީ ކުރަމުންނެވެ.
ނަމަވެސް ބާރަތް ރިލީސް ނުވަނީސް މިވަނީ އުފާވެރި އެހެން ހަބަރެއް ލިބިފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމު އެކްތާ ޓައިގާގެ ތިން ވަނަ ފިލްމެއްގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ވަނީ ފަށާފައެވެ.
ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު އަލީ އައްބާސް ޒަފަރުވެސް ވަނީ އެކަން ޔަގީން ކޮށްދީ ފިލްމުގެ ތިން ވަނަ ބައިންވެސް ސަލްމާން ފެނިގެން ދާނެކަމަށް ބުނެފައެވެ.
އަލީ އައްބާސް ޒަފަރު މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އާއި ސަލްމާން އާދެމެދު އޮންނަނީ އެއްބަނޑު އެއްބަފާ ކަމުގެ ގުޅުން ކަމަށާއި ސަލްމާން އަކީ ވަރަށް ހުނަރުވެރި އަދި ޑިސިޕްލީން ތަރިއެއްކަމަށެވެ.
ޖޫން ފަހެއްގައި ބާރަތް ރިލީސް ކުރާއިރު އެ ފިލްމު ވެގެން ދާނީ އަލީ އައްބާސް ޒަފަރާއި ސަލްމާން ޚާން އެކީގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމަށެވެ.