ބޮލީވުޑް

ރާތް އަކޭލީހޭ ގެ ޝޫޓިން ނިންމާލައިފި

ހަނީ ޓްރެހާންގެ ފިލްމު ރާތް އަކޭލީހޭ ގެ ޝޫޓިން ނިންމާލައިފިއެވެ.

ފިލްމުގެ ބަތަލު ނަވާޒުއްދީން ސިއްދީގީ ވަނީ ފިލްމުގެ ޝޫޓިން ނިންމާލިކަން އޭނާގެ ޓުވިޓަރުގައި ހިއްސާކޮށްފައެވެ. އަދި ފިލްމުގެ ޓީމާއި ޑައިރެކްޓަރަަށްވެސް ވަނީ ތައުރީފު ކޮށްފައެވެ.

ނަވާޒުއްދީން ވަނީ މިއަހަރުގެ މިހާތަަނަށްވެސް ހިޓް ދެ ފިލްމަކުން ފެނިގެން ގޮސްފައެވެ. އެއީ "ތަޗްކަރޭ" އަދި "ފޮޓޯގްރާފް" އެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް ހަދާފައިވާ މި ފިލްމުގެ ބަތަލާއަކަށް ފެނިގެން ދާނީ ރާދިކާ އަޕްތޭ އެވެ. މިއީ މި ދެތަރިން އެކީގައި ފެނިގެންދާ ތިން ވަނަ ފިލްމެވެ. މީގެ ކުރިން "ބަދްލާޕޫރު" އާއި "މަންޖީ: ދަ މައުންޓަން މޭން" ގައިވެސް މިދެތަރިން ވަނީ އެކީގައި ހަރަކާތްތެރިވެފައެވެ.

ރާތް އަކޭލީހޭ ހެ ޑައިރެކްޓަރު އަނީ ޓްރެހާން ވަނީ މީގެ ކުރިން ހިޓް ފިލްމުތައް ކަމަށްވާ "ސާތް ޚޫން މާފް"، "އޯމްކަރާ" އަދި "މަގްބޫލު"ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.