ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ އަޑުއެހުމަށް އަދީބް ސުޕްރީމް ކޯޓަށް ގެނެއްސި އެވެ.
އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ރިޔާސީ ލޯންޗުކޮޅުގައި ރައީސް ޔާމީންގެ ދެކަނބަލުންނާއި، ސަރުކާރުގެ ބައެއް އިސްވެރިން ދަތުރުކުރައްވަނިކޮށް އެއްޗެއް ގޮވި ހާދިސާއާ އަދީބާ ގުޅުމެއްވާ ކަމަށް ބުނެއެވެ. އަދީބުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމް ދައުވާގެ އަޑުއެހުމަށް އަދީބު މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކޮށްފައިވާއިރު، މިދިޔަ މަހު 27ގައި އަދީބު ވަނީ ޝަރުތު ތަކަކާއެކު ގޭބަންދަށް ދޫކޮށްލައިފައެވެ.