ވިޔަފާރި

މިފްކޯގެ ''ފަސްމީރު ރޯދަ ބައިވެރިޔާ'' ޕްރޮމޯޝަން ފަށައިފި

މަރިޔަމް ޝަހުދާ

ރޯދަމަހަށް ހާއްސަކޮށްގެން މިފްކޯއިން ކުރިއަށް ގެންދާ ''ފަސްމީރު ރޯދަ ބައިވެރިޔާ'' ޕްރޮމޯޝަން ފަށައިފި އެވެ.

މިފްކޯއިން މިއަދު ބުނީ، އެއްވަނައަށް އަންނަ މީހަކަށް އުމްރާ ދަތުރެއް ލިބޭ މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނީ މިފްކޯގެ 48 ދަޅުގެ ތެޔޮ މަސްކޭހެއް ގަނެގެން ކަމަށެވެ. އެގޮތުން މިފްކޯއިން ގަންނަ ކޮންމެ ތެޔޮމަސް ކޭހަކަށް އެއް ނަސީބު ކޫޕަން ދޫކުރާނެ އެވެ.

މި ޕްރޮމޯޝަނުން ދެވަނައަށް އަންނަ ފަރާތަކަށް ދެކޮޅު ޓިކެޓާއި ހުރުމާއެކު ތައިލޭންޑް ދަތުރެއް ލިބޭނެއެވެ. އަދި މި ޕްރޮމޯޝަނުން ތިންވަނަ ލިބޭ ފަރާތަކަށް އެއް އަހަރު ދުވަހަށް ބޭނުންވާ މަސްކޭސް ހަދިޔާއެއްގެ ގޮތުގައި ލިބޭނެ ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.

އިއްޔެ މިފްކޯއިން ފެށި މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާލެއާއި ހުޅުމާލޭގައި ހުންނަ މިފްކޯގެ މަސްފިހާރަތަކުގަ އެވެ.