ބޮލީވުޑް

ގުޑް ނިއުސް ރިލީސް ކުރުން ޑިސެމްބަރުގައި

އަކްޝޭ ކުމާރު އަދި ކަރީނާ ކަޕޫރު ޚާން ލީޑް ރޯލުން ފެނިގެންދާ ފިލްމް "ގުޑް ނިއުސް" ޑިސެމްބަރު 27ގައި ރިލީސްކުރަން ނިންމައިފި އެވެ.

ހޮނިހިރު ދުވަހު އަކްޝޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އާ އަހަރަކާއެކު އާ ހަބަރެއް ލިބިގެން ދާނެ ކަމަށެވެ.

ރާޖް މެހްތާ ޑައިރެކްޓްކުރާ މި ފިލްމުގައި ދިލްޖީތް ދޮސާންޖް އަދި ކިއާރާ އަދްވާނީވެސް މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ.

ގުޑް ނިއުސް ކުރިން ރިލީސް ކުރާ ގޮތަށް ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު މަހު އެވެ.