ބޮލީވުޑް

ގިނަ ދުވަސް ތަކަކަށްފަހު އެވަޓަރެއްގެ ރޯލުން އަމީޝާ ސްކީރަނަށް

މީގެ ކުރިން ކުޅެފައިނުވާ ތަފާތު ރޯލަކުން އަމީޝާ ޕަޓޭލް ފިލްމެއް ކުޅޭނެ ކަމަށް ބުނެފިއެވެ.

ގިނަ ދުވަސްތަކަކަށްފަހު އަމީޝާ ދެން ފެނިގެން ދާނީ އެވަޓަރެއްގެ ގޮތުގައެެވެ. އެވަޓަރުންނަކީ އިންސާނުން ނޫން ތަފާތު ގޮތްގޮތަށް ފެނިގެންދާ ކްރީޗާރސްއެވެ.

ދަ ގްރޭޓް އިންޑިއަން ކެސީނޯ ނަމަކަށް ކިޔާ މި ފިލްމުގައި އަމީޝާ ގެ ތަފާތު ރޯލު ވާދަ ކުރަނީ ހަތަރު ފިރިހެން ކެރެކްޓަރުންނާއެވެ.

ފިލްމް ކަހޯނާ ޕިޔާރުހޭ އިން ބޮލީވުޑަށް ނުކުތް އަމީޝާ މިހާތަނަށް ވަނީ 35 ފިލްމެއް ކުޅެފައެވެ.

އަމީޝާގެ މި ފިލްމް ރިލީސް ކުރާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.